Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
007

Al-A’ráf 7:132 وقالوا مهما تاتنا به من اية لتسحرنا بها فما نحن لك بمومنين ١٣٢

7:132
وَقَالُواْ
مَهۡمَا
تَأۡتِنَا
بِهِۦ
مِنۡ
ءَايَةٖ
لِّتَسۡحَرَنَا
بِهَا
فَمَا
نَحۡنُ
لَكَ
بِمُؤۡمِنِينَ
١٣٢
(132) އެމީހުން ބުންޏެވެ. (އެބަހީ فرعون ގެ تبع ވެރިން ބުންޏެވެ. އޭ موسى އެވެ!) ކަލޭގެފާނު އެކަމަކުން ނުވަތަ އެއްޗަކުން، އަހުރެމެންނަށް سحر ޖެއްސުމަށް ކަލޭގެފާނު އަހުރެމެންގެގާތަށް ކޮންމެފަދަ معجزة އެއް ގެނައިނަމަވެސް އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނޭ ބަޔަކުކަމުގައި ނުވެއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

Allah punishes the People of Fir`awn because of Their Rebellion

Allah describes the rebellion, tyranny, defiance of the truth and insistence on falsehood of the people of Fir`awn, prompting them to proclaim,

مَهْمَا تَأْتِنَا بِهِ مِن ءَايَةٍ لِّتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ

("Whate

…

Allah punishes the People of Fir`awn because of Their Rebellion

Allah describes the rebellion, tyranny, defiance of the truth and insistence on falseho

…
Más Tafsires

Leer en contexto

Capítulo 7, Página 166, Juz 9

130. (130) އަދި ހަމަކަށަވަރުން ތަދުމަޑުކަމުންނާއި ގަސްގަހާގެހީގެ މަތިވަރު މަދުކުރެއްވުމުންނާއި (މިފަދަ މިފަދަ ކަންކަމުން) ތިމަންރަސްކަލާނގެ فرعون އާއި އޭނާގެ تَبَعَ ވެރިން ހިއްޕެވީމެވެ. (ޓެސްޓް ކުރެއްވީމެވެ.) އެއީ އެމީހުން نصيحة އާއި وعظ ލިބިގަނޭތޯއެވެ. 131. (131) ފަހެ އެމީހުންނަށް ރަނގަޅު ހެޔޮކަމެއް އަތުވެއްޖެއްޔާ (އެބަހީ فرعون ގެ މީހުންނަށް ތިޔާގެކަމެއް - ނުވަތަ ފަސޭހަކަމެއް - ނުވަތަ صحّة ގެ ރަނގަޅުކަން ދިމާވެއްޖެއްޔާ) އެމީހުންބުނާނެއެވެ. މިތަކެއްޗަށް އައުލާވެގެންވަނީ އަހުރެމެންނެވެ. އަދި އެމީހުންނަށް ނުބައިގޮތެއް ދިމާވެއްޖެއްޔާ (ތަޑުމަޑުކަމެއް / ބަލިކަމެއް / އުނދަގުލެއްފަދަކަމެއް ދިމާވެއްޖެއްޔާ އެމީހުން ބުނާނެއެވެ.) އެކަންކަމަކީ موسى ގެފާނާއި އަދި އެކަލޭގެފާނަށް تَبَعَ ވެގެންވާ މީހުންގެ ސުންޕާކަމުން ވާކަމެކެވެ. ދަންނާށެވެ! އެމީހުންނަށް އެޖެހުނު ސުންޕާކަމަކީ ﷲ ގެ حضرة ން އަންނަ ކަންކަމެވެ. (އެމީހުންގެ عمل ތައް ހުންނަގޮތުން އެމީހުންނަށް ޖެހޭކަންކަމެވެ. އަދި އެކަލާނގެ حكمة ފުޅު ނިޔާކުރާގޮތުން އަންނަ ކަންކަމެވެ. موسى ގެފާނުންގެ ފަރާތްޕުޅަކުންނޫނެވެ.) އަދި އެހެންނަމަވެސް އެމީހުންކުރެ ގިނަމީހުންނަށް އެކަން ނޭނގެއެވެ. 132. (132) އެމީހުން ބުންޏެވެ. (އެބަހީ فرعون ގެ تبع ވެރިން ބުންޏެވެ. އޭ موسى އެވެ!) ކަލޭގެފާނު އެކަމަކުން ނުވަތަ އެއްޗަކުން، އަހުރެމެންނަށް سحر ޖެއްސުމަށް ކަލޭގެފާނު އަހުރެމެންގެގާތަށް ކޮންމެފަދަ معجزة އެއް ގެނައިނަމަވެސް އަހުރެމެންނަކީ ކަލޭގެފާނަށް އީމާންވާނޭ ބަޔަކުކަމުގައި ނުވެއެވެ. 133. (133) ދެންފަހެ ތިމަންރަސްކަލާނގެ އެމީހުންގެމައްޗަށް (عبرة حاصل ކުރުމަށް) طوفان އާއި، ގޮއްފުޅަންގާ، އުކުނާއި، އަދި ބޮކާއި އަދި ލެއި ފޮނުވީމެވެ. އެއީ بيان ވެ ފައުޅުވެގެންވާ دليل ތަކެކެވެ. معجزة ތަކެކެވެ. ފަހެ އެމީހުން އެހުރިހާކަމެއް ފެނުނީމާވެސް ބޮޑާވީއެވެ. އަދި އެމީހުންވީ ނުބައިނުލަފާ ބަޔަކުކަމުގައެވެ. ބޮޑެތި ފާފަކުރާ ބަޔަކުކަމުގައެވެ. • ދަންނައެވެ. فرعون އާއި އޭނާގެ قوم ކަމުގައިވާ قبطي އިންނަށް ﷲ تعالى އެތައްބާވަތެއްގެ މުސީބަތަކާއި ބަލާއެއް ޖެއްސެވިއެވެ. އެއީ އެމީހުން ކިޔަމަންވެ موسى عليه السّلام ގެ رسول ކަން ތެދުކޮށް قبول ކުރޭތޯއެވެ. (1) އޭގެ އެއްކަމަކީ طوفان އެކެވެ. އެއީ ވާރޭފެނުގެ طوفان އެކެވެ. އޭގެ ސަބަބުން އެމީހުންގެ ދަނޑުތައް ހަލާކުވެ ބޮޑު مصيبة އަކަށްވެގެންދިއުމުން موسى ގެފާނަށް އެމީހުން ދެންނެވީ، އޭ موسى އެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައިތޯ ކަލޭގެފާނުންގެ رَبّ އަށް ދަންނަވައި ދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިލައްޖެއްޔާ އަހުރެމެން ކަލޭގެފާނަށް އީމާންވާނަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުގައި بَنِي إسرائيل ފޮނުއްވައިދޭނަމެވެ. ދެންފަހެ އެކަލޭގެފާނު ﷲ އަށް دعاء ކުރައްވައި އެކަން ފިއްލަވައިފިއެވެ. ހަމަ އެކަން ފިއްލަވައި ލުއިކޮށްދެއްވުމުން އެމީހުންކުރި وعد އުވައިލީއެވެ. އީމާންވެސްވީއެއްނޫނެވެ. އަދި موسى ގެފާނު އަރިގައި بَنِي إسرائيل ފޮނުއްވީއެއްވެސް ނޫނެވެ. އަދި ނުކިޔަމަންތެރިކަން އިތުރުވީއެވެ. (2) ދެން އެމީހުންގެމައްޗަށް ފޮނުއްވީ ގޮއްފުޅަނގީގެ لشكر އެކެވެ. އެސޮރުމެން އައިސް އެމީހުންގެ ދަނޑުތައް ކައި ފޭރާންތައްވެސް ކައިހަދަން ފަށައިފިއެވެ. މި مصيبة ކުރީގެ مصيبة އަށްވުރެ މާބޮޑުވެއްޖެއެވެ. މިފަހަރުވެސް موسى ގެފާނަށް ދަންނަވައިގެން ކުރީގެ شرط ތަކުގެ މައްޗަށް އެކަން ފިއްލަވައިފިއެވެ. ދެންވެސް عهد އުވައިލީއެވެ. (3) ދެން ފޮނުއްވީ އުކުނުގެ لشكر އެކެވެ. އޭގެސަބަބުން ނިދެނީއެއްނޫނެވެ. ރޭގަޑު ނުނިދައިތިބެގެން އުކުނު ނެގުމެވެ. ކެވެނީއެއްނޫނެވެ. ކާތަށީގައިވެސް އެބައިވަރުތަކެވެ. މި مصيبة ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައިގެން އީމާންވުމުގެ شرط ގެމައްޗަށާއި އަދި بَنِي إسرائيل ފޮނުވައިދިނުމުގެ شرط ގެމައްޗަށް އެކަން ފިއްލަވައިފިއެވެ. އަލުންވެސް އެމީހުން އެމީހުންގެ ހުވައި އުވާލައި ނުކިޔަމަންތެރިވެގެންފިއެވެ. (4) ދެން އެމީހުންގެމައްޗަށް ފޮނުއްވީ ބޮކުގެ مصيبة އެކެވެ. އެތަކެތީގެ އުނދަގޫއަރައިގެން ދިޔަވަރަކީ މީހާ އިށީނދެ އިންނައިރު ތުނބުޅީގައިވެސް ބޮއްތަކެވެ. ބަހެއް ބުނަން އަނގަހުޅުވައިލާއިރު އަނގައިތެރެއަށް އެވަންނަނީ ބޮކެވެ. ކާއިރުތަށީގައި ބޮކެވެ. ތަންމަތީގައި ބޮކެވެ. މިކަމުގެ އުނދަގޫ ބޮޑުވެގެން އަލުންވެސް موسى ގެފާނަށް ދަންނަވައި އެކަލޭގެފާނު ﷲ އަށް دعاء ކުރެއްވުމުން އެކަން ފިލައިގެންދިޔައީއެވެ. އެއީވެސް ކުރީން ހުށަހަޅާ ދެ شرط ގެ މައްޗަށެވެ. މިފަހަރުވެސް ހުވައި އުވާލާ ނުކިޔަމަންތެރިވެގަތީއެވެ. (5) ދެން އެކަލާނގެ އެމީހުންނަށް ފޮނުއްވީ ލޭގެ ބަލާވެރިކަމެކެވެ. އެމީހުން ބޯފެނަކަށްވެސް ހުންނަނީ ލެއެވެ. ވަޅުތަކާއި ކޯރުތަކުގައި ލެއެވެ. ބައެއް ރިވާޔަތުގައިވާގޮތުން ނީލަކޯރުވެސް ލެޔަށް ވިއެވެ. ކޮންމެއަކަސް މިކަން ބޮޑުވެގެންވެސް موسى ގެފާނަށް ދަންނަވައިގެން އެކަލޭގެފާނު دعاء ކުރެއްވުމުން އެކަން ފިއްލަވައިފިއެވެ. ކޮންމެފަހަރަކުވެސް އީމާންވުމާއި بَنِي إسرائيل موسى عليه السّلام އާއިއެކު ފޮނުއްވުމުގެ شرط ގެ މަތީންނެވެ. ނަމަވެސް އެކަމެއް ހަމަފިއްލެވުމުން އެމީހުން ހުވައި އުވައިލަނީއެވެ. ދޮގުހަދަނީއެވެ. ފަހެ އިސްވެދިޔަ ކަންތައްތަކަށް އިޝާރަތްކުރައްވާފައި އެވަނީ އެއީ ބަޔާންވެ ފައުޅުވެގެންވާ معجزة ތަކެއްކަމަށެވެ. ދެންފަހެ އެމީހުން ބޮޑާވެ ކިބުރުވެރިވީއެވެ. އެމީހުންވީ ނުބައި ނުލަފާ ބަޔަކުކަމުގައެވެ. مجرمُ ންކަމުގައެވެ. 134. (134) އެމީހުންނަށް عذاب ހަމައަންނައިރަށް - އެބަހީ ކުރިން بيان ކުރައްވާފައިވާ ކަންތައްތަކުން ކަމެއް ހަމަ ދިމާވާއިރަށް އެމީހުން موسى عليه السّلام އަށް ދަންނަވައެވެ. އެމީހުން ދަންނަވައެވެ. އޭ موسى އެވެ. ކަލޭގެފާނަށްވާ عَهْد އާއިއެކު ކަލޭގެފާނުންގެ رَبّ އަށް دعاء ކޮށްދެއްވާށެވެ. އަހުރެމެންގެ ކިބައިން މިކަން ފިއްލަވައި ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން ކަލޭގެފާނަށް އީމާންވާހުށީމެވެ. އަދި بَنِي إسرائيل ކަލޭގެފާނުންގެ އަރިހުގައި ފޮނުއްވައިދެއްވާނަމެވެ. 135. (135) ދެންފަހެ އެމީހުންނަށް ކަނޑައެޅިފައިވާ مدّة އަކަށް ތިމަންރަސްކަލާނގެ އެމީހުންގެކިބައިން عذاب ނަންގަވާ كشف ކުރެއްވުމުން، އެހައިރުން އެމީހުން އެމީހުންގެ وعد އުވާލަނީއެވެ. (އެކަންތައްތައް އެމީހުންގެ އާދަޔަކަށް ހަދާލަނީއެވެ.) 136. (136) ދެން އެމީހުން ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުރުމުގެ ސަބަބުން އެމީހުންގެ ކިބައިން ބަދަލު ހިއްޕަވައި ކަނޑުގައި އެމީހުން غرق ކުރެއްވީމެވެ. އެމީހުންވީ އެއާޔަތްތަކަށް غافل ވެގެންވީ ބަޔަކުކަމުގައެވެ. 137. (137) އަދި ދެރަވެ ނިކަމެތިކުރެވިގެންވާ މީސްތަކުންނަށް (އެބަހީ: فرعون ގެ އަޅުވެތިކަމުގެ ދަށުގައި ނިކަމެތިކުރެވިފައިތިބި بني إسرائيل މީހުނަށް) ތިމަންރަސްކަލާނގެ ބިމުގެ مشرق ތަކާއި مغربُ ތައް ވާރުތަކޮށް ދެއްވީމެވެ. (ބުނެވެނީ އެއީ بَيْتُ المَقْدِس އާއި فَلَسْطِيْنُ ގެ ބިންކަމުގައެވެ. والله أعلم.) އެތަނަކީ ތިމަންރަސްކަލާނގެ އެތާނގައި بركاة ލައްވާފައިވާ ތަނެވެ. އަދި بني إسرائيل ގެމައްޗަށް ކަލޭގެފާނުން ربّ ގެ ބަސްފުޅު - (ރަނގަޅު ބަސްފުޅު) ފުރިހަމަވެގެން ހިނގައްޖެއެވެ. (އެކަލާނގެ އެބަސްފުޅަކީ وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةًۭ وَنَجْعَلَهُمُ ٱلْوَٰرِثِينَ ٥ وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ ٦ މިއެވެ.) (سورة القصص: 5-6 އެތަނުންވެސް ބައްލަވައި ލައްވާށެވެ.) އެމީހުންނަށް އެފަދަ نعمة އެއް އެދެއްވީ އެމީހުން ކެތްތެރިވުމުގެ ސަބަބުންނެވެ. އަދި فرعون އާއި އޭނާގެ قوم ގެ މީހުން ކުރަމުން އައި ކަންތައްތަކާއި އަދި އެމީހުން ހަދާކަމުގައިވާ އެންމެހާ ގަނޑުވަރުތަކާއި ރަނގަޅުގެތައް ތިމަންރަސްކަލާނގެ ހަލާކުކުރެއްވީމެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir