Masuk
Masuk
Masuk
Pilih Bahasa
008

Al-Anfal 8:25 واتقوا فتنة لا تصيبن الذين ظلموا منكم خاصة واعلموا ان الله شديد العقاب ٢٥

8:25
وَاتَّقُوْا
فِتْنَةً
لَّا
تُصِیْبَنَّ
الَّذِیْنَ
ظَلَمُوْا
مِنْكُمْ
خَآصَّةً ۚ
وَاعْلَمُوْۤا
اَنَّ
اللّٰهَ
شَدِیْدُ
الْعِقَابِ
۟
(25) ހަމައެކަނި خاصّ ކޮށް ކަލޭމެންކުރެ އަނިޔާވެރިންނަށް ނުޖެހޭނޭ فِتْنَة އަކާއިމެދު ކަލޭމެން ބިރުވެތިވާށެވެ. (އެބަހީ: އެ فتنة އެއް އަނިޔާވެރިންނަށާއި އަދި އެހެން މީހުންނަށްވެސް ޖެހިދާނެއެވެ. އެއީ ﷲ އާއި އެކަލާނގެ رسول އާގެ އަމުރުފުޅުތަކަށް އިޖާބަނުދީފިނަމަ مُنْكَرَات ނަހީނުކޮށްފިނަމަ ހެޔޮކަންތަކަށް އަމުރު ނުކޮށްފިނަމަ ޖެހިދާނޭ فتنة އެކެވެ. ހަލާކެކެވެ. އެކަމުގައި އެންމެންވެސް ހަލާކުވެދާނެއެވެ.) އަދި ﷲ އީ عقوبة ގަދަފަދަ ވަންތަވެ ވޮޑި ގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ!
Lanjutkan Membaca

Bacalah Tafsir

Ibn Kathir (Abridged)

Warning against an encompassing Fitnah

Allah warns His believing servants of a Fitnah, trial and test, that encompasses the wicked and those around them. Therefore, such Fitnah will not be restricted to the sinners and evildoers. Rather, it will reach the others if the sins are not stopped and preven

…

Warning against an encompassing Fitnah

Allah warns His believing servants of a Fitnah, trial and test, that encompasses the wicked and those around the

…
Lebih Banyak Tafsir

Baca dalam Konteks

Bab 8, Halaman 162, Juz 9

20. (20) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށާއި އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާށެވެ! އަދި ކަލޭމެން އެކަލޭގެފާނުން ބަސްފުޅު އަހާކަމުގައިވާ حال ކަލޭމެން އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ! 21. (21) (އޭ مؤمن ންނޭވެ!) ހަމައެކަނި ކަންފަތުން އަހައި އެ އެހުމުން އެއްވެސް مَنْفَعَ އެއް ނުކުރާ މީހުން ފަދައިން (مشرك ންނާއި منافق ންފަދައިން) ކަލޭމެން ނުވާށެވެ! 22. (22) ހަމަކަށަވަރުން އެންމެނުބައިވެގެންވާ دَابَّة އަކީ (އެންމެނުބައި މީހުންނަކީ) ބީރު އަދި މަންމަން މީހުންނެވެ. އަދި އެމީހުންނަށް ނުވިސްނޭ މީހުންނެވެ. (އެއީ އިންސާނުންނަށް ވާނޭ އެންމެ ދެރަ ތިންސިފައެވެ. ކަންފަތަށް އަޑު ނުއިވޭ އަނގައިން ބަސްނުބުނެވޭ އަދި އެއްޗެއް ނުވިސްނޭ - މިތިން ކަންތައް ހުރި މީހަކީ ދެން އެއްވެސް ބޭނުމެއްނެތް މީހެކެވެ.) (އެއީ حقّ އަށް تبع ނުވާ މީހުންގެ މިސާލެވެ. އެމީހަކީ އެއްވެސް حسّ އަކުން ފައިދާއެއް ނުކުރާމީހެކެވެ.) 23. (23) ﷲ تعالى އެމީހުންގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ވާކަމުގައި ދެކެވޮޑިގެންނެވިނަމަ ހަމަކަށަވަރުންވެސް އެކަލާނގެ އެމީހުންނަށް އިއްވެވީހެވެ. އަދި އެކަލާނގެ އެމީހުންނަށް އިއްވެވިނަމަވެސް ހަމަކަށަވަރުން އެމީހުން އެނބުރި ފުރަގަސްދިނީހެވެ. އެމީހުން އެނބުރި ނުކިޔަމަންތެރިވެ ގެންވާ حال ގައެވެ. 24. (24) އޭ އީމާންވެގެންވާ މީސްތަކުންނޭވެ! ކަލޭމެންނަށް حياة އެއްވާ ކަމަކަށް (حقّ ކަމަކަށް / ނުވަތަ ކިޔަމަންތެރިކަމަށް) ﷲ އާއި رسول އާ ކަލޭމެނަށް އަމުރުކުރައްވައިފިއްޔާ، ކަލޭމެން ﷲ އާއި رسول އާއަށް ޖަވާބުދޭށެވެ! (ބަސްއަހައި ކިޔަމަންތެރިވާށެވެ!) އަދި ހަމަކަށަވަރުން ﷲ تعالى މީހާޔާއި އޭނާގެ ހިތާއި ދެމެދު ހުރަސްކުރައްވައެވެ. ހިފަހައްޓަވައެވެ. (އެބަހީ: ﷲ އިރާދަކުރައްވައިފިއްޔާ ހިތުގެތެރެއަށް އެއްވެސް އެއްޗެއް ވަނަނުދީ ހިފަހައްޓަވައެވެ.) އަދި ހަމަކަށަވަރުން ކަލޭމެން محشر ކުރެވޭހުށީ ހަމަ އެކަލާނގެ حضرة އަށެވެ. 25. (25) ހަމައެކަނި خاصّ ކޮށް ކަލޭމެންކުރެ އަނިޔާވެރިންނަށް ނުޖެހޭނޭ فِتْنَة އަކާއިމެދު ކަލޭމެން ބިރުވެތިވާށެވެ. (އެބަހީ: އެ فتنة އެއް އަނިޔާވެރިންނަށާއި އަދި އެހެން މީހުންނަށްވެސް ޖެހިދާނެއެވެ. އެއީ ﷲ އާއި އެކަލާނގެ رسول އާގެ އަމުރުފުޅުތަކަށް އިޖާބަނުދީފިނަމަ مُنْكَرَات ނަހީނުކޮށްފިނަމަ ހެޔޮކަންތަކަށް އަމުރު ނުކޮށްފިނަމަ ޖެހިދާނޭ فتنة އެކެވެ. ހަލާކެކެވެ. އެކަމުގައި އެންމެންވެސް ހަލާކުވެދާނެއެވެ.) އަދި ﷲ އީ عقوبة ގަދަފަދަ ވަންތަވެ ވޮޑި ގެންވާ ކަލާނގެކަން ކަލޭމެން ދަންނާށެވެ! 26. (26) (އޭ مؤمن ންނޭވެ!) ކަލޭމެން (مكّة ގެ) ބިމުގައި ނުހަނު ނިކަމެތިކޮށް އަދި عدد މަދުބަޔަކުކަމުގައިވީކަން ހަނދާންކުރާށެވެ! އަދި އެހެނިހެން މީހުން އައިސް ކަލޭމެން ޖަހައިގަނެފާނެކަމާމެދު (މަރައިފާނެކަމާމެދު) ކަލޭމެން ބިރުވެތިވަމުއެވެ. (އެ حال ގައި ވަނިކޮށް) އެކަލާނގެ ކަލޭމެނަށް ސަލާމަތުން އަމާންކަމާއެކު ތިބެވޭނެ ވަޒަންދެއްވިއެވެ. (އެއީ حرم އެވެ. مكّة ގެ حرم އެވެ.) އަދި އެކަލާނގެ ކަލޭމެނަށް نصر ދެއްވައި ގަދަކަންދެއްވިއެވެ. އަދި ރަނގަޅު حلال ތަކެތީގެ ރިޒުޤު އެކަލާނގެ ކަލޭމެނަށް ދެއްވިއެވެ. މިހުރިހާކަމަކީވެސް ކަލޭމެން އެކަލާނގެއަށް شكر ކުރޭތޯއެވެ. 27. (27) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނަށް އެނގިތިބޭ حال ކަލޭމެން ﷲ އަށާއި رسول އާއަށް خيانة ތެރިނުވާށެވެ! އަދި ކަލޭމެން ކަލޭމެންގެ އަމާނާތްތަކަށް خيانة ތެރިނުވާށެވެ! 28. (28) އަދި ކަލޭމެން ދަންނާށެވެ! ހަމަކަށަވަރުން ކަލޭމެންގެ މުދަލާއި ދަރީންނަކީ إمتحان އެކެވެ. އަދި ހަމަކަށަވަރުން ﷲ ދަންނައެވެ! ބޮޑުވެގެންވާ ދަރުމަވަނީ އެކަލާނގެ حضرة ގައެވެ.

- Abu Bakr Ibrahim Ali (Bakurube)

Catatan dan Refleksi

Anda tidak memiliki catatan atau refleksi apa pun mengenai ayat ini.

Notes placeholders

Tetap Terhubung dengan Al-Quran ❤️

Pengingat singkat dan bermakna untuk menyegarkan diri, merenung, dan tetap terhubung dengan Al-Quran.

Baca, Dengarkan, Cari, dan Renungkan Al Quran

Quran.com adalah platform tepercaya yang digunakan jutaan orang di seluruh dunia untuk membaca, mencari, mendengarkan, dan merefleksikan Al-Qur'an dalam berbagai bahasa. Platform ini menyediakan terjemahan, tafsir, tilawah, terjemahan kata demi kata, dan berbagai alat untuk pembelajaran yang lebih mendalam, sehingga Al-Qur'an dapat diakses oleh semua orang.

Sebagai sebuah Sadaqah Jariyah, Quran.com berdedikasi untuk membantu orang-orang terhubung secara mendalam dengan Al-Qur'an. Didukung oleh Quran.Foundation , sebuah organisasi nirlaba 501(c)(3), Quran.com terus berkembang sebagai referensi yang sangat bernilai dan gratis untuk semua orang, Alhamdulillah.

Navigasi
Halaman Utama
Radio Qur'an
Qari
Tentang Kami
Pengembang
Pengkinian Produk
Beri Masukan
Bantuan
Menyumbang
Proyek Kami
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyek nirlaba yang dimiliki, dikelola, atau disponsori oleh Quran.Foundation
Link populer
Doa-doa dari Al-Quran
Ayat Al-Quran Hari Ini
Ayat Kursi
Surah Yasin
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahfi
Surah Al Muzzammil
Peta situsKerahasiaanSyarat dan Ketentuan
© 2026 Quran.com. Hak Cipta Terlindungi
Menyumbang