Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma

Al-An’ám 6:152 ولا تقربوا مال اليتيم الا بالتي هي احسن حتى يبلغ اشده واوفوا الكيل والميزان بالقسط لا نكلف نفسا الا وسعها واذا قلتم فاعدلوا ولو كان ذا قربى وبعهد الله اوفوا ذالكم وصاكم به لعلكم تذكرون ١٥٢

Página 149 · Juz 8

وَلَا
تَقۡرَبُواْ
مَالَ
ٱلۡيَتِيمِ
إِلَّا
بِٱلَّتِي
هِيَ
أَحۡسَنُ
حَتَّىٰ
يَبۡلُغَ
أَشُدَّهُۥۚ
وَأَوۡفُواْ
ٱلۡكَيۡلَ
وَٱلۡمِيزَانَ
بِٱلۡقِسۡطِۖ
لَا
نُكَلِّفُ
نَفۡسًا
إِلَّا
وُسۡعَهَاۖ
وَإِذَا
قُلۡتُمۡ
فَٱعۡدِلُواْ
وَلَوۡ
كَانَ
ذَا
قُرۡبَىٰۖ
وَبِعَهۡدِ
ٱللَّهِ
أَوۡفُواْۚ
ذَٰلِكُمۡ
وَصَّىٰكُم
بِهِۦ
لَعَلَّكُمۡ
تَذَكَّرُونَ
١٥٢
(152) އަދި (6) يتيم ންގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! އެންމެ ރަނގަޅުގޮތަށް މެނުވީއެވެ. (ރަނގަޅުގޮތެއްގެ މަތީން އެމުދަލާއި ގާތްވުމަކީ އެމުދާ ބަލަހައްޓާ ދިރުވުމަށް މަސައްކަތްކުރުމެވެ. އަދި ބަލަހައްޓާ މީހާއަކީ މުއްސަންޖެއްނަމަ އެމުދަލުން ބޭނުން ނުކުރުމެވެ. فقير އެއްނަމަ އޭނާގެ މަސައްކަތުގެ އުޖޫރައަކަށް ކިރިޔާވާވަރުގެ މަދުއެތިކޮޅެއްނޫނީ ބޭނުން ނުކުރުމެވެ. އެހެން އެއްވެސްގޮތަކުން އެމުދަލާއި ގާތްނުވުމެވެ.) އެއީ އެކުއްޖާ بالغ ވެ ތަންދޮރު އެނގޭހިސާބަށް ދާންދެނެވެ. (7) އަދި މިނެކިރަންޏާ عدل ވެރިގޮތަށް ފުރިހަމަކޮށް ބަރާބަރުކުރާށެވެ! (އެޔާއި އިދިކޮޅުވުމަކީ حرام ކަމެކެވެ.) އަދި އެއްވެސް نفس އަކަށް ނުއުފުލޭވަރުގެ تكليف އެއް ތިމަންރަސްކަލާނގެ ނުޖައްސަވަމެވެ. (މި عبارة ގެ މާނަކަމުގައި مفسّر ން ވިދާޅުވަނީ މިނެކިރުމުގައި ތިމާއަށް ބެލެންހުރިވަރަކަށް ބަލައިސީދާކޮށް ހެދުމަށްފަހު ދެން އެއިން އުނިވުމެއް ފެނުނަސް އެކަމެއް عفو ވެދާނެކަމަށެވެ. ބޭ إختيار ން ހިނގިކަމެއް ކަމުގައިވަންޏާއެވެ.) (8) ތިމާގެ ގާތްމީހަކަށް ބުނަންޖެހުނު ބަހެއްނަމަވެސް ބަހެއް ބުނަންޏާ އަދިحكم އެއްކުރަންޏާ عدل ވެރިވާށެވެ! (9) އަދި ﷲ ގެ عهد ކަލޭމެން ފުއްދާށެވެ! (މިކަންކަމާ خلاف ވުމަކީ حرام ކަންކަމެވެ.) އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ذِكر ކޮށް وعظ އާއި نصيحة ލިބިގަނޭތޯއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Prohibition of Consuming the Orphan's Property

`Ata' bin As-Sa'ib said that Sa`id bin Jubayr said that Ibn `Abbas said, "When Allah revealed,

وَلاَ تَقْرَبُواْ مَالَ الْيَتِيمِ إِلاَّ بِالَّتِى هِىَ أَحْسَنُ

(And come not near to the orphan's property, except to improve it.) and,

إِنَّ الَّذِينَ يَأ

…

The Prohibition of Consuming the Orphan's Property

`Ata' bin As-Sa'ib said that Sa`id bin Jubayr said that Ibn `Abbas said, "When Allah revealed,

وَلاَ

…
Ver Tafsires

Leer en contexto

151. (151) (އޭ رسول ﷲ އެވެ!) ކަލޭގެފާނު ވިދާޅުވާށެވެ! ކަލޭމެން އަންނާށެވެ! އެބަހީ މިތިބަ ބުދަށް އަޅުކަންކުރާ އަދި ގެރިބަކަރި جمل ގެތެރެއިން ބައެއްތަކެތި ﷲ حرام ކުރެއްވިކަމަށް ބުނާމީހުންނޭވެ! ކަލޭމެން އަންނާށެވެ! ކަލޭމެންގެ رَبّ ކަލޭމެނަށް حرام ކުރެއްވި ކަންތައް އަހުރެން ކަލޭމެންނަށް ކިޔައިދެއްވާހުށީ މެވެ. އެއީ (1) ކަލޭމެން އެކައްޗަކާއިވެސް ﷲ އާއި شريك ނުކުރާށެވެ! (އެއީ حرام ކަމެކެވެ.) (2) އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތައި إحسان ތެރިވާށެވެ! (މައިންބަފައިންނަށް ނުބައިކޮށް ހިތުން حرام ވެގެންވެއެވެ.) (3) ދަރިންނަށް ކާންދޭން ނުލިބި ކަލޭމެން فقير ވެދާނެތީ ކަލޭމެން ކަލޭމެންގެ ދަރިން ނުމަރާށެވެ! (ދަރިން މެރުމަކީ حرام ކަމެކެވެ.) ކަނޑައެޅިގެން ކަލޭމެންނަށާއި އަދި އެކުދިންނަށް ތިމަންރަސްކަލާނގެ رِزْق ދެއްވާހުށީމެވެ. (4) އަދި فاحش ކަންތަކާއި ކަލޭމެން ގާތްނުވާށެވެ! (އެއީ حرام ކަމެކެވެ.) އޭގެތެރެއިން ބޭރަށް ފައުޅުވާ ކަންތަކާއި އަދި ފައުޅުނުވެ ވަންހަނާވެގެންވާ ކަންތަކާއެވެ. (ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ސިއްރުން ޒިނޭކުރުމާއި ފައުޅުގައި إعلان ކޮށްގެން ޒިނޭކުރުންކަމަށެ ވެ.) އަދި އެހެންގޮތްގޮތަށްވެސް ކިޔާފައިވެއެވެ. والله أعلم بالصّواب (5) އަދި ﷲ ޙަރާމް ކުރެއްވި އެއްވެސް ނަފްސެއް ޙައްޤަކާއި ލައިގެން މެނުވީ ކަލޭމެން ނުމަރާށެވެ! (ޙައްޤަކާއި ލައިގެން މެރުމަކީ މަރަށް މަރު ހިފުން ފަދަ ކަންކަމުގައި މެރުމެވެ.) ﷲ ކަލޭމެންނަށް އަމުރުކުރަށްވާ އަންގަވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ބުއްދިކޮށް ފިކުރުކުރޭތޯއެވެ. 152. (152) އަދި (6) يتيم ންގެ މުދަލާއި ކަލޭމެން ގާތްނުވާށެވެ! އެންމެ ރަނގަޅުގޮތަށް މެނުވީއެވެ. (ރަނގަޅުގޮތެއްގެ މަތީން އެމުދަލާއި ގާތްވުމަކީ އެމުދާ ބަލަހައްޓާ ދިރުވުމަށް މަސައްކަތްކުރުމެވެ. އަދި ބަލަހައްޓާ މީހާއަކީ މުއްސަންޖެއްނަމަ އެމުދަލުން ބޭނުން ނުކުރުމެވެ. فقير އެއްނަމަ އޭނާގެ މަސައްކަތުގެ އުޖޫރައަކަށް ކިރިޔާވާވަރުގެ މަދުއެތިކޮޅެއްނޫނީ ބޭނުން ނުކުރުމެވެ. އެހެން އެއްވެސްގޮތަކުން އެމުދަލާއި ގާތްނުވުމެވެ.) އެއީ އެކުއްޖާ بالغ ވެ ތަންދޮރު އެނގޭހިސާބަށް ދާންދެނެވެ. (7) އަދި މިނެކިރަންޏާ عدل ވެރިގޮތަށް ފުރިހަމަކޮށް ބަރާބަރުކުރާށެވެ! (އެޔާއި އިދިކޮޅުވުމަކީ حرام ކަމެކެވެ.) އަދި އެއްވެސް نفس އަކަށް ނުއުފުލޭވަރުގެ تكليف އެއް ތިމަންރަސްކަލާނގެ ނުޖައްސަވަމެވެ. (މި عبارة ގެ މާނަކަމުގައި مفسّر ން ވިދާޅުވަނީ މިނެކިރުމުގައި ތިމާއަށް ބެލެންހުރިވަރަކަށް ބަލައިސީދާކޮށް ހެދުމަށްފަހު ދެން އެއިން އުނިވުމެއް ފެނުނަސް އެކަމެއް عفو ވެދާނެކަމަށެވެ. ބޭ إختيار ން ހިނގިކަމެއް ކަމުގައިވަންޏާއެވެ.) (8) ތިމާގެ ގާތްމީހަކަށް ބުނަންޖެހުނު ބަހެއްނަމަވެސް ބަހެއް ބުނަންޏާ އަދިحكم އެއްކުރަންޏާ عدل ވެރިވާށެވެ! (9) އަދި ﷲ ގެ عهد ކަލޭމެން ފުއްދާށެވެ! (މިކަންކަމާ خلاف ވުމަކީ حرام ކަންކަމެވެ.) އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން ذِكر ކޮށް وعظ އާއި نصيحة ލިބިގަނޭތޯއެވެ. 153. (153) އަދި (10) ހަމަކަށަވަރުން މިބަޔާންވެދިޔައީ ތިމަންރަސްކަލާނގެ ސީދާމަގެވެ. (ތިމަންކަލޭގެފާނުންގެ ސީދާމަގެވެ. މިދެގޮތް އެންމެ ރަނގަޅުކަމުގައިވެއެވެ. والله أعلم.) ފަހެ އެހެންވެ ކަލޭމެން އެމަގާއި تبع ވާށެވެ! އަދި އެހެނިހެން މަގުތަކާއި تبع ނުވާށެވެ! ފަހެ އޭރުން (އެބަހީ އެހެނިހެން މަގުތަކާއި تبع ވެއްޖެއްޔާ) އެކަލާނގެ މަގުން ކަލޭމެން ވަކިވަކިވެ ބައިބައި ވެދާނެއެވެ. އެކަލާނގެ ކަލޭމެނަށް އަމުރުކުރައްވަނީ އެފަދައިންނެވެ. އެއީ ކަލޭމެން تقوى ވެރިވޭތޯއެވެ. ބިރުވެތިވޭތޯއެވެ. 154. (154) ދެން وَحِي ކުރެއްވިއެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ موسى (عليه السّلام) އަށް ފޮތްދެއްވީމެވެ. توراة ދެއްވީމެވެ. އެއީ އެކަލާނގެ نعمة ފުރިހަމަކުރެއްވުމަށެވެ. އެކަލޭގެފާނުކުރެއްވި ގިނަގުނަ ހެޔޮކަންތައްތަކުގެ މުނާސަބަތުގައެވެ. (ނުވަތަ އެކަލޭގެފާނަށް އެފޮތް ބާވައިލެއްވީ ހުރިހާ ހެޔޮކަންތައްތަކެއް ފުރިހަމަކުރެއްވުމަށެވެ. / ނުވަތަ إحسان ތެރިންނަށް نعمة ފުރިހަމަކުރެއްވުމަށެވެ. މިހުރިހާ ގޮތަކަށްވެސް އެ عبارة ގެ މާނަކުރެވިފައިވެއެވެ. والله أعلم بالصّواب.) ދެން އެއަންގަވަނީ އެފޮތް ބާވައިލެއްވީ ހުރިހާކަމެއްގެ تفصيل ގެގޮތުންނެވެ. دينى ހުރިހާކަމެއްގެ تفصيل ކޮށްދެއްވުމަށާއި އަދި ތެދުމަގެއްކަމުގައްޔާއި އަދި رحمة އެއްކަމުގައެވެ. އެއީ އެމީހުންގެ ربّ އާއި އެމީހުން ބައްދަލުވާނެކަމަށް ތެދުކޮށް އީމާންވުމަށެވެ.

- Abu Bakr Ibrahim Ali (Bakurube)

Continuar leyendo

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir