Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
033

Al-Ahzáb 33:51 ۞ ترجي من تشاء منهن وتووي اليك من تشاء ومن ابتغيت ممن عزلت فلا جناح عليك ذالك ادنى ان تقر اعينهن ولا يحزن ويرضين بما اتيتهن كلهن والله يعلم ما في قلوبكم وكان الله عليما حليما ٥١

33:51
۞ تُرۡجِي
مَن
تَشَآءُ
مِنۡهُنَّ
وَتُـٔۡوِيٓ
إِلَيۡكَ
مَن
تَشَآءُۖ
وَمَنِ
ٱبۡتَغَيۡتَ
مِمَّنۡ
عَزَلۡتَ
فَلَا
جُنَاحَ
عَلَيۡكَۚ
ذَٰلِكَ
أَدۡنَىٰٓ
أَن
تَقَرَّ
أَعۡيُنُهُنَّ
وَلَا
يَحۡزَنَّ
وَيَرۡضَيۡنَ
بِمَآ
ءَاتَيۡتَهُنَّ
كُلُّهُنَّۚ
وَٱللَّهُ
يَعۡلَمُ
مَا
فِي
قُلُوبِكُمۡۚ
وَكَانَ
ٱللَّهُ
عَلِيمًا
حَلِيمٗا
٥١
(51) ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައަގަންނަވާ ބޭކަނބަލަކު ފަސް ކުރެއްވުމާއި އަދި އެދިވަޑައި ގަންނަވާ ބޭކަނބަލުން އަރިހަށް ގެންނެވުން ކަލޭގެފަނަށް إختيار ލިބިވަޑައި ގެންވެއެވެ. އަދި ރޭތަށް ބެއްސެވުމުގައި ކަލޭގެފާނު އެކަނބަލުން ވަކިކުރަށްވާ ދުރުކުރަށްވާފައި ކަނބަލުންގެ ތެރެއިން ކަނބަލުން އަލުންބެއްސެވުމުގެ ތެރެއަށް ލެށްވުންވެސް ކަލޭގެފާނުގެ މަށްޗަށް ކުށެއްނެތެވެ. އެގޮތްތަށް ކަލޭގެފާނު إختيار ކުރެއްވުން އެކަނބަލުންގެ ރުހިވަޑައިގަތުންމާ ގާތްވެގެންވެއެވެ. އެހެނީ إختيار އަކީ ތިމަންރަސްކަލާނގެ ދެއްވި إختيار އެއްކަން އެކަނބަލުންނަށް އެގިވަޑައިގަތީމާ އެކަނބަލުން އެކަމަކާ ހިތްޕުޅުތަށް ހަމަޖެހުން ގާތްވެގެންވެއެވެ. އަދި ކަލޭގެފާނު އެއްބޭކަނބަލަކަށްވުރެ ބޮޑަށް އަނެއްބޭކަނބަލަކު އިސްކުރެއްވުމަކުން އެކަނބަލުންގެ މެދުގައި ހިތާމަފުޅު ނުހުންނާނެއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ލިބިވަޑައިގެންނެވި ނަސީބަކަށް ރުހިވަޑައިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އަންހެނުންގެ ކަންތަކާމެދު ހިނގާ ހިޔާލުތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ވޮޑިގެންވަނީ ހުރިހާއެއްޗެއް ދެނެވޮޑިގެންވާ އަދި عُقُوْبَة ދެއްވުން ލަސްވެގެންވާ ކަލަކުކަމުގައެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Prophet has the Choice of either accepting or rejecting Women who offer Themselves to Him

Imam Ahmad recorded that `A'ishah, may Allah be pleased with her, used to feel jealous of the women who offered themselves to the Prophet . She said, "Would a woman not feel shy to offer herself without any

…

The Prophet has the Choice of either accepting or rejecting Women who offer Themselves to Him

Imam Ahmad recorded that `A'ishah, may Allah be pleased w

…
Más Tafsires

Leer en contexto

Capítulo 33, Página 425, Juz 22

49. (49) އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން مؤمن އަންހެނުންނާ އިނދެފައި (އެބަހީ: ކައިވެނި عقد ކޮށްފައި) އެކަނބަލުންނާއި جماع ވުމުގެ ކުރިން ވަރިކޮށްފިއްޔާ ކަލޭމެންނަށްޓަކައި ހަމަކުރާނެ عدة އެއް އެކަނބަލުންގެ މައްޗަކަށް ވާޖިބުވެގެންނުވެއެވެ. (عدة ހަމަކުރުމެއްނެތެވެ.) ދެން ކައިވެނި عقد ކުރިކަމަށްޓަކައި މުދަލުގެ ތެރެއިން ކޮންމެވެސް މިންވަރެއް އެކަނބަލުން ބޭނުން ކޮށްލަން ދޭށެވެ. (ބައެއް ބޭކަލުން ވިދާޅިވަނީ ކައިވެނި ރަން ކަނޑައެޅިފައި އޮތްނަމަ އޭގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ. ރަން ކަނޑައެޅިފައި ނެތްނަމަ ކޮންމެވެސް މިންވަރެއްގެ މުދަލެއް ދިނުމެވެ. އަދި އެއީ ފިރިހެންމީހާގެ ފޯރުންތެރިކަން ހުރިވަރަކުން ދެވޭދިނުމެކެވެ. އެއީ واجب އެއްކަމުގައި ބައެއް مفسرން ވިދާޅުވެއެވެ. والله أعلم.) ދެން އެކަނބަލުން އެކަނބަލުންގެ އަހުލުވެރިން ގާތަށް ދިއުމަށް ރިވެތި ގޮތުގައި އުނދަގުލަކާ ނުލައި އިޒުނަދޭށެވެ. 50. (50) އޭ نبي އާއެވެ! (ﷺ) (1) ކަލޭގެފާނު އެކަނބަލުންނަށް ކައިވެނި ރަން ދެއްވައިގެން ކައިވެނި ކުރައްވާފައިވާ އަނބިއަނބިކަނބަލުން، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް حلال ކޮށްދެއްވައިފީމެވެ. (2) އަދި ކަލޭގެފާނުންގެ ކަނާތް ملك ކުރައްވާފައިވާ އަންހެނުންވެސް حلال ކުރައްވައިފިމެވެ. (އެއީ غنيمة ގެ ގޮތުން ކާފަރުންގެ އަތުން ކަލޭގެފާނަށް الله ރައްދުކޮށްދެއްވާފައިވާ އަންހެނުންނެވެ. އަޅުންނެވެ.) (3) އަދި ކަލޭގެފާނުންގެ ބަފައިފުށުގެ ބޮޑުބޭބެގެ އަންހެންދަރިންނާއި ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުބޭބެއިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި (މި އަންހެނުންގެ ތެރެއިން) ހިޖްރައަށް ދިޔަ ކޮންމެ އަންހެނަކާ، ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ކައިވެނި ކުރެއްވުން ހުއްދައެވެ. ނަމަވެސް ހިޖްރައަށް ނުދާ އަންހެނެއް ހުއްދައެއް ނުވާނެއެވެ. (4) އަދި މުއުމިނު އަންހެނަކު އޭނާގެ ނަފްސު (ނަބިއްޔާ އެދިވަޑައިގަންނަވަންޏާ) ނަބީޔާއަށް ހިބަކޮށްދެއްވި ކޮންމެ އަންހެނެއް ޙަލާލު ވެގެންވެއެވެ. (ނަފުސު ހިބަކޮށްދެއްވުމަކީ އެއްވެސް ކައިވެނި ރަނެއް ނެތި އެމީހެއްގެ ނަފްސު ނަބިއްޔާއަށް ހިބަކޮށްދެއްވުމެވެ.) އެފަދަ އަންހެނުންނާއިވެސް ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ކައިވެނި ޙަލާލުވެގެންވެއެވެ. އެކަމަކު މިއީ ހަމައެކަނި ކަލޭގެފާނަށް ޚާއްސަ ވެގެންވާ ކަމެކެވެ. މުއުމިނު އެހެންމީހުންނަކަށް ނުވާނެއެވެ. (މުއުމިނު އެހެންމީހުންނަށް ކައިވެނި ކުރާއިރު އަންހެނާގެ ރަން ކަނޑައެޅިފައި އޮންނަންވާނެއެވެ.) އަދި ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް އެބައިމީހުންގެ އަނބީންނާއިމެދު ކަނޑައެޅި ފަރުޟުވެގެންވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަންނަވަނެވެ. (ދެ ހެކީންނާއި ވަލީވެރިއަކާ ކައިވެނީގެ ރަނާއިއޮވެގެންމެނުވީ އެމީހުންކާވެނި ކުރުމެއްނެތެވެ.) އަދި އެމީހުންގެ އަޅުންނާއިމެދު ފަރުޟު ވެގެންވާކަންތައްތައްވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. މިކަންތައްތައް މިގޮތުގެމަތީން ހަމަޖެއްސެވީ ކަލޭގެފާނުންގެ މައްޗަށް އެއްވެސް ދަތިކަމެއް ނުއޮތުމަށްޓަކައެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުކަލަކުކަމުގައެވެ. 51. (51) ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައަގަންނަވާ ބޭކަނބަލަކު ފަސް ކުރެއްވުމާއި އަދި އެދިވަޑައި ގަންނަވާ ބޭކަނބަލުން އަރިހަށް ގެންނެވުން ކަލޭގެފަނަށް إختيار ލިބިވަޑައި ގެންވެއެވެ. އަދި ރޭތަށް ބެއްސެވުމުގައި ކަލޭގެފާނު އެކަނބަލުން ވަކިކުރަށްވާ ދުރުކުރަށްވާފައި ކަނބަލުންގެ ތެރެއިން ކަނބަލުން އަލުންބެއްސެވުމުގެ ތެރެއަށް ލެށްވުންވެސް ކަލޭގެފާނުގެ މަށްޗަށް ކުށެއްނެތެވެ. އެގޮތްތަށް ކަލޭގެފާނު إختيار ކުރެއްވުން އެކަނބަލުންގެ ރުހިވަޑައިގަތުންމާ ގާތްވެގެންވެއެވެ. އެހެނީ إختيار އަކީ ތިމަންރަސްކަލާނގެ ދެއްވި إختيار އެއްކަން އެކަނބަލުންނަށް އެގިވަޑައިގަތީމާ އެކަނބަލުން އެކަމަކާ ހިތްޕުޅުތަށް ހަމަޖެހުން ގާތްވެގެންވެއެވެ. އަދި ކަލޭގެފާނު އެއްބޭކަނބަލަކަށްވުރެ ބޮޑަށް އަނެއްބޭކަނބަލަކު އިސްކުރެއްވުމަކުން އެކަނބަލުންގެ މެދުގައި ހިތާމަފުޅު ނުހުންނާނެއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ލިބިވަޑައިގެންނެވި ނަސީބަކަށް ރުހިވަޑައިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އަންހެނުންގެ ކަންތަކާމެދު ހިނގާ ހިޔާލުތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ވޮޑިގެންވަނީ ހުރިހާއެއްޗެއް ދެނެވޮޑިގެންވާ އަދި عُقُوْبَة ދެއްވުން ލަސްވެގެންވާ ކަލަކުކަމުގައެވެ. 52. (52) (އޭ نبي الله ﷺ އެވެ!) މިއާޔަތް ބާވައިލެއްވުމަށްފަހު ދެން ކަލޭގެފާނު އިތުރު ކައިވެނި ކުރައްވައި މިހާރު ތިއްބެވި ވަރަށްވުރެ ގިނަ އަނބިން حلال ވެގެންނުވެއެވެ. އަދި ތިއްބެވި އަނބިން ބަދަލު ކުރެއްވުމެއްވެސް حلال ވެގެން ނުވެއެވެ. (އެބަހީ ތިއްބެވި ތަނުން އަނތްބަކު ވަރިކުރައްވާފައި އެހެން އަންހެނަކާ އިދެ ކުރީއޮތް عدد ހަމަކުރުމެއްވެސް ނެތެވެ.) ކައިވެނި ބައްލަވައިގަތުމަށް خيال ކުރައްވާ އަންހެނެއްގެ ރީތިކަމާއިމެދު عجائب ވެވަޑައިގެންނެވިނަމަވެސް އެކަން ދެން ހުއްދައެއްނޫނެވެ. އެހެންނަމަވެސް އަޅު އަންހެނުން އުނިއިތުރު ކުރެއްވުން ހުއްދައެވެ. އަދި ﷲ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ރައްކާތެރިވެވޮޑިގެން ރަނގަޅަށް ބައްލަވާ ކަލަކުކަމުގައެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir