Đăng nhập
Đăng nhập
Đăng nhập
Chọn ngôn ngữ
051

Adh-Dhariyat 51:58 ان الله هو الرزاق ذو القوة المتين ٥٨

51:58
إِنَّ
ٱللَّهَ
هُوَ
ٱلرَّزَّاقُ
ذُو
ٱلۡقُوَّةِ
ٱلۡمَتِينُ
٥٨
(58) ހަމަކަށަވަރުން الله އީ ގިނަގިނައިން ރިޒުގުދެއްވާ ގަދަފަދަވަންތަ އަދި ބާރުގެ ވެރި ކަލާނގެއެވެ. (އެއްވެސް ކަމަކަށް ނުކުޅެދިވޮޑިގެން ނުވެއެވެ.)
Tiếp tục đọc

Đọc Tafsir

Ibn Kathir (Abridged)

All Messengers met the Same Type of Denial from Their Nations

Allah comforts His Prophet by saying to Him, `just as these idolators denied you, the disbelievers of old used the same words with their Messengers,'

كَذَلِكَ مَآ أَتَى الَّذِينَ مِن قَبْلِهِمْ مِّن رَّسُولٍ إِلاَّ قَالُواْ سَـحِرٌ أَوْ مَج

…

All Messengers met the Same Type of Denial from Their Nations

Allah comforts His Prophet by saying to Him, `just as these idolators denied you, the dis

…
Thêm các bản Tafsir

Đọc trong ngữ cảnh

Chương 51, Trang 523, Juz 27

47. (47) ތިމަން ރަސްކަލާނގެ އުޑު ހެއްދެވީ ތިމަން ރަސްކަލާނގެ قدرة ވަންތަކަމުންނެވެ. ކުޅަދުންވަންތަކަމުންނެވެ. އަދި ހެއްދެވުމުގައި ތަނަވަސް ކުރައްވާ ކަލަކު ކަމުގައި ތިމަން ރަސްކަލާނގެ ވޮޑިގެން ވެއެވެ. އެކަމަށް ނުކުޅެދި ވޮޑިގެން ނުވެއެވެ. 48. (48) އަދި ތިމަން ރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. އަދި އެހާ ފުރިހަމަކޮށް އެހާ މޮޅުކޮށް ހެއްދެވީ ހަމަ ތިމަން ރަސްކަލާނގެއެވެ. 49. (49) އަދި ތިމަން ރަސްކަލާނގެ ކޮންމެ ބާވަތެއްގެ އެއްޗެއްވެސް ހެއްދެވީ ޖޯޑުޖޯޑަށެވެ. އަންހެން ފިރިހެން ކޮށެވެ. ކޮންމެ ބާވަތެއްވެސް ހުރީ އެހެންނެވެ. ޖޯޑު ހަމަކޮށެވެ. އެގޮތަށް އެތަކެތި ހައްދަވާފައި ވަނީ ތިޔަބައިމީހުން نصيحة ލިބިގަނޭތޯއެވެ. وعظ ލިބިގަނޭތޯއެވެ. އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަކަން ދެނެގަނެ އެފަރާތަށް ކުރިމަތިލުމަށެވެ. އެފަރާތް ދެނެގަތުމަށެވެ. އެފަރާތުގެ އަމުރުތަކަށް ކިޔަމަން ވުމަށެވެ. 50. (50) (އޭ رسول الله އެވެ! ކަލޭގެފާނު ވިދާޅުވާށެވެ.) ކަލޭމެން ސަލާމަތްވުމަށް الله އަށް ފިލާން ދާށެވެ. އެބަހީ އެކަލާނގެ އަށް ކާފަރުކަމާއި، އުރެދުންތައް ދޫކޮށް އެކަލާނގެ حضرة އަށް رجوع ވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ އެކަލާނގެ حضرة ން ކަލޭމެން ކައިރިއަށް އައިސް ހުރި منذر އެކެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންނުވާ މީހުންނަށް އެކަލާނގެ ކޯފާއާއި، ނަރަކައިގެ عذاب ހުރިކަމުގެ إنذار ކުރުމަށް އައި މީހަކީމެވެ. 51. (51) އަދި ކަލޭމެން الله އާއެކު އެހެން إلٰه އެއް إختيار ނުކުރާށެވެ. އެކަލާނގެއަށް شريك ނުކުރާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނީ ކަލޭމެންގެ ގާތަށް އައިސް ހުރި نذير އަކީމެވެ. އެބަހީ ކަލޭމެން الله އާއެކު އެހެން ފަރާތެއް ބައިވެރިކޮށް شريك ކޮށްފިނަމަ އެކަމާމެދު ހުރި عذاب އާއި، އެކަލާނގެ ކޯފާގެ ވާހަކައިން ބިރުގެންނެވުމަށް އައިސްހުރި މީހަކީމެވެ. بيان ވެގެންވާ دليل އާއި، حُجّة އާއިގެންނެވެ. 52. (52) ކަންތައް މިހުރީ ހަމަ އެފަދައިންނެވެ. އެބަހީ މިބައިމީހުންގެ ތެރޭގައިވެސް ކަންތައް މިހުރީ މީގެ ކުރީގެ قوم ތަކުގައިވެސް ކަންތައް ހުރި ގޮތަށެވެ. އެހެނީ މި މީހުންގެ ކުރީގެ ކޮންމެ قوم އަކަށް رسول ބޭކަލުން ވަޑައިގަތީމާވެސް އެ قوم އެއްގެ ބަޔަކު އެ رسول ބޭކަލަކު ދޮގުކޮށް އެ ބޭކަލަކީ سحر ވެރިޔެކޭ ނުވަތަ މޮޔަވެފައިވާ މީހެކޭ ބުނެއެވެ. އެފަދައިން ކަންތައް ނުކުރާ އެއްވެސް قوم އެއް ނާދެއެވެ. 53. (53) އަޅެ ފަހެ އެބައިމީހުން އެތިބީ އެގޮތަށް ހަދަން އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން ހެއްޔެވެ؟ (އެބަހީ އެންމެ ފުރަތަމަ نوح ގެފާނުންގެ قوم ން ފެށިގެން محمد ގެފާނާ ދެމެދު ވޭތިވެގެން ދިޔަ ހުރިހާ قوم އެއް އެވަނީ رسول ބޭކަލަކު ވަޑައިގެންފިއްޔާ އެ ބޭކަލަކު ދޮގުކޮށް، އެއީ سحر ވެރިޔެކޭ ނުވަތަ މޮޔައެކޭ ނުވަތަ ދެންވެސް އެ ބަޔަކަށް ފެނުނު އެއްޗެއް ކިޔައި އެ ބޭކަލަކު ދޮގުކޮށް އެ ބޭކަލަކަށް إيمان ނުވުމަށް އެއްބަޔަކު އަނެއް ބަޔަކަށް وصيّة ކޮށްގެން އެގޮތަށް ނިންމައިގެން ހެއްޔެވެ؟) އެހެންނަކުން ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެމީހުންނަކީ ހަމަ ކާފަރުކަމާއި، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަޅާފައި ތިބި ބަޔެކެވެ. 54. (54) (އޭ رسول الله އެވެ!) ކަލޭގެފާނުން އެމީހުންނާ ދުރަށް އެނބުރިވަޑައިގަންނަވާށެވެ! ކަލޭގެފާނަކީ އެއްގޮތަކަށްވެސް އޭގެ މަލާމާތް ލިބިވަޑައިގަންނަވާނޭ ބޭކަލެއް ނޫނެވެ. އެމީހުން إيمان ނުވިޔަސް އޭގެ އެއްވެސް ހުތުރެއް ﷲ ގެ حضرة ގައި ކަލޭގެފާނަކަށް ނެތެވެ. 55. (55) ނަސޭހަތް ދެއްވާ، ހަނދާންކޮށްދެއްވާ وعظ ދެއްވާ ހައްދަވާށެވެ. ފަހެ ހަނދާންކޮށް، وعظ نصيحة ދީ ހެދުމަކީ مؤمن ންނަށް منفع ކުރާނޭ ކަމެކެވެ. 56. (56) އަދި ތިމަން ރަސްކަލާނގެ ޖިންނީންނާއި އިންސާނުން ހެއްދެވީ އެމީހުން ތިމަން ރަސްކަލާނގެއަށް އެކަނި އަޅުކަން ކުރުމަށެވެ. (އެހެންވެ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިން އެއްވެސް ވައްތަރެއްގެ އަޅުކަމެއް الله ނޫން ފަރާތަކަށް ކޮށްފި މީހާއީ ކަނޑައެޅިގެން مشرك އެކެވެ.) 57. (57) އެބައިމީހުންގެ ކިބައިން އެއްވެސް رزق އަކަށް (އެއްވެސް منفع އަކަށް) ތިމަން ރަސްކަލާނގެ ނޭދެމެވެ. އަދި ތިމަން ރަސްކަލާނގެއަށް ކާންދޭކަށްވެސް އެމީހުންގެ ކިބައިން ތިމަން ރަސްކަލާނގެ ނޭދެމެވެ. (މިއާޔަތުގެ އެއް މުރާދަކީ، ދުނިޔޭގައި އަޅުން ގެންގުޅޭ ސާހިބުން، އެމީހުންގެ އަޅުންގެ ކިބައިން منفع ތައް އެދޭ ފަދައިން، ތިމަން ރަސްކަލާނގެ، އެމީހުންގެ ކިބައިން އެއްވެސް منفع އަކަށް ނޭދެމެވެ. މިއެވެ.) 58. (58) ހަމަކަށަވަރުން الله އީ ގިނަގިނައިން ރިޒުގުދެއްވާ ގަދަފަދަވަންތަ އަދި ބާރުގެ ވެރި ކަލާނގެއެވެ. (އެއްވެސް ކަމަކަށް ނުކުޅެދިވޮޑިގެން ނުވެއެވެ.) 59. (59) ފަހެ އަނިޔާވެރިވީ މީސްތަކުންނަށް عذاب އާއި عقوبات ގެ ގޮތުން އިސްވެދިޔަ އެބާވަތުގެ މީހުންނަށް ހުރިވަރު عذاب އާއި عقوبات ހުއްޓެވެ. އެމީހުންނަށް އޮތް ބާލިދީއަކަށް މިމީހުންނަށްވެސް ހަމަ ބާލިދީއެއް ވެއެވެ. (އިސްވެދިޔަ ކާފަރުންނަށް ހުރި ވަރުގެ ބައެއް މި މީހުންނަށްވެސް ހަމަ ހުންނަ ހުއްޓެވެ.) އެމީހުން ފަހެ އެ عذاب އައުމަށް ތިމަން ރަސްކަލާނގެ حضرة ގައި އަވަސްވެ ނުގަންނަހުރިކަމެވެ. އޭގެ ވަގުތުގައި އެ عذاب އަންނާނެއެވެ. އިސްފަސް ނުވާނެއެވެ. 60. (60) ފަހެ ކާފަރުވީ މީސްތަކުންނަށް އެމީހުންގެ ދުވަހުން، (قيامة ދުވަހުން) އެމީހުންނަށް وعد ވެވިގެންވާ وَيْلُ ހުންނަ ހުއްޓެވެ. ނަރަކައިގެ عذاب ހުންނަ ހުއްޓެވެ. • ދަންނައެވެ. وَيْلُ އަކީ ނަރަކައިގެ ހޫނުކަން ގަދަވެގެންވާ ވާދީއެއް ކަމަށް ރިވާވެގެން ވެއެވެ. އެތާ ވަނީ ނަރަކަވަންތަ ވެރީން ގައިން ފައިބާ ދޮހާއި، ލެޔާއި، ފާދިޔަޔާއި، އަދިވެސް...

- Abu Bakr Ibrahim Ali (Bakurube)

Ghi chú và suy ngẫm

Bạn không có bất kỳ ghi chú hay suy nghĩ nào về câu thơ này.

Notes placeholders

Hãy luôn kết nối với Kinh Qur'an ❤️

Những lời nhắc nhở ngắn gọn, ý nghĩa giúp bạn thiết lập lại trạng thái tinh thần, suy ngẫm và duy trì kết nối với Kinh Qur'

Đọc, Lắng nghe, Tra cứu và Suy ngẫm về Kinh Qur'an

Quran.com là nền tảng đáng tin cậy, được hàng triệu người dùng trên thế giới để đọc, tra cứu, lắng nghe và suy ngẫm Kinh Qur'an bằng nhiều ngôn ngữ, với bản dịch, tafsir, tụng đọc, dịch từng từ và các công cụ học sâu, giúp ai cũng có thể tiếp cận Kinh Qur'an.

Là một Sadaqah Jariyah, Quran.com tận tâm giúp mọi người gắn bó sâu sắc hơn với Kinh Qur'an. Được hậu thuẫn bởi tổ chức phi lợi nhuận 501(c)(3) Quran.Foundation, Quran.com không ngừng phát triển như một nguồn tài nguyên miễn phí và hữu ích cho tất cả, Alhamdulillah.

Điều hướng
Trang chủ
Đài Qur'an
Người đọc kinh
Về chúng tôi
Các nhà phát triển
Cập nhật sản phẩm
Phản hồi
Trợ giúp
Quyên góp
Dự án của chúng tôi
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Dự án phi lợi nhuận do Quran.Foundation sở hữu, quản lý hoặc tài trợ
Liên kết phổ biến
Những lời cầu nguyện từ kinh Quran
Câu Kinh Qur'an của ngày hôm nay
Ayatul Kursi
Yaseen
Al Mulk
Ar-Rahman
Al Waqi'ah
Al Kahf
Al Muzzammil
Sơ đồ trang webQuyền riêng tưĐiều khoản và điều kiện
© 2026 Quran.com. Bản quyền đã được bảo lưu.
Đóng góp