登入
登入
登入
选择语言
044

Ad-Dukhan 44:8 لا الاه الا هو يحيي ويميت ربكم ورب ابايكم الاولين ٨

44:8
لَآ
إِلَٰهَ
إِلَّا
هُوَ
يُحۡيِۦ
وَيُمِيتُۖ
رَبُّكُمۡ
وَرَبُّ
ءَابَآئِكُمُ
ٱلۡأَوَّلِينَ
٨
(8) އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެއްވެސް إله އެއް ނުވެއެވެ. އެކަލާނގެއީ ތަކެތި ދިރުއްވާ، މަރުއްވާ ކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ.
继续阅读

阅读《古兰经注》

Ibn Kathir (Abridged)

Which was revealed in Makkah

In Musnad Al-Bazzar, it is recorded from Abu At-Tufayl `Amir bin Wathilah from Zayd bin Harithah that the Messenger of Allah ﷺ said to Ibn Sayyad:

«إِنِّي قَدْ خَبَأْتُ خَبْأً فَمَا هُوَ؟»

(I am concealing something, what is it) And the Messenger of Allah ﷺ was concealing S

…

Which was revealed in Makkah

In Musnad Al-Bazzar, it is recorded from Abu At-Tufayl `Amir bin Wathilah from Zayd bin Harithah that the Messenger of All

…
更多经注

结合上下文阅读

章 44, 页 496, Juz 25

1. (1) حم މި އަކުރުތަކުގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ އެވެ. • ދަންނައެވެ. قرآن ގެ ބައެއް ސޫރަތް ފެށޭ ތަންތާ ހުންނަ މިބާވަތުގެ ވަކި އަކުރުތަކާމެދު مفسّر ންގެ މެދުގައި ތަފާތު ވާހަކަ ދެކެވިފައި ވެއެވެ. އެވާހަކަތަކުގެ خلاصة އިން مهمّ ދެ ފައިދާއެއް ކުރެވެއެވެ. 1- އެއްކަމަކީ رسول الله ﷺ އަށް قرآن ބާވައިލެއްވުނު ވަގުތުގައި ތިބި ކާފަރުންނާއި، مشرك ންވެސް قرآن އަޑުއެހުމުން މަނާވެގަނެއެވެ. އެއީ އެއިން އަސަރެއްކޮށް، إيمان ވެވިދާނޭތީއެވެ. އެހެންވެ އެމީހުންގެ ތެރޭގައި مشهور ވެގެން ނުވާ صيغة ތަކަކުން - عبارة ތަކަކުން - އައީމާ ދެން އެ كلمة ތައް ބާރު އަޑުން އަޑުދަމާލާފައި ކީމާ އަހައިފި މީހާ އެޔާ ދިމާއަށް ކަންފަތް ދިއްކޮށްލުމުގެ شوق ވެރިކަން ބޮޑަށް އުފެދި ކޮންމެ ގޮތަކުންވެސް އަހައިލާ ހިތްވުމަކީ ގާތްކަމެކެވެ. އަދި އަހައިލައިފިއްޔާ ހިތަށް އަސަރުކޮށް، ތެދުމަގަށް واصل ވުން ގާތެވެ. މިއީ އެއް ފައިދާއެވެ. 2- ދެވަނަ ފައިދާއަކީ، އެވަގުތު عربي ންގެ مشرك ންގެ دعوى އަކީ، قرآن އަކީ إلهى وحي އެއް ނޫންކަމެވެ. އަދި ކިޔެއްހެއްޔެވެ؟ އެއީ ޅެމެކެވެ. ނުވަތަ سحر އެކެވެ. ނުވަތަ كهين އެއްގެ ބަހެކެވެ. ނުވަތަ އިސްވެދިޔަ މީހުންގެ ބޭކާރު ވާހަކަތަކެކެވެ. އެހެންވެ ﷲ تعالى އެމީހުންނަށް ގޮންޖެއްސެވީއެވެ. އެފަދަ އެންމެ އާޔަތެއް ނުވަތަ ދިހަ ސޫރަތް، ނުވަތަ އެފަދަ قرآن އެއް އެމީހުންވެސް އެކުލެވުމަށް ގޮންޖެއްސެވީއެވެ. وحي ކުރައްވާ ކަހަލައެވެ. ކަލޭމެން ތިޔަ ބުނަނީ ތެދެއް ވިއްޔާ އެފަދަ قرآن އެއް ނިކަން ގެނަސްބަލާށެވެ. އެ ފޮތް އެވަނީ ހަމަ ކަލޭމެން ދަންނަ އަކުރުތައް ކަމުގައިވާ الم ފަދަ، حم ފަދަ، طس ފަދަ، ق ފަދަ މިފަދަ އަކުރުންނެވެ. ކަލޭމެންނަކީ ހަމަ ބަހަށް މޮޅު މާހިރުންނެވެ. މިއެވެ. މި އަކުރުތަކުގެ އެއް مَقْصَد އެއީކަމުގައި ވުންވެސް އެކަށީގެން ވެއެވެ. والله أعلم = تفسير أيسرالتّفاسير = 2. (2) حكم ތައް ބަޔާންކޮށްދެއްވާ ފޮތް ގަންދެއްވައި ހުވައި وحي ކުރައްވަމެވެ. 3. (3) ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ފޮތް (يعني: ކީރިތި قرآن) ބާވައިލެއްވީ بركاة ތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ إنذار ކުރައްވާ ކަލަކީމެވެ. (އެހެންވެ ފޮތް ބާވައިލައްވައި، رسول ބޭކަލުން ފޮނުއްވައި، އަދި މިނޫންވެސް ގޮތްގޮތަށް إنذار ކުރައްވަމެވެ. އެއީ ނުކިޔަމަންތެރީންނަށް ދުނިޔެއާއި، آخرة ގައިވެސް ނުރައްކަލާއި، عذاب ހުރިކަމުގެ ވާހަކައިންނެވެ.) 4. (4) އަދި އެރޭ ކަނޑައެޅޭ ކޮންމެ حكم އެއް ތިމަން ރަސްކަލާނގެ تفصيل ކުރައްވައި، بيان ކުރައްވަމެވެ. • ދަންނައެވެ. އެރެއަކީ ليلة القدر ވިލޭރެއެވެ. މިންވަރު ކުރައްވާ ރެއެވެ. އެރޭ އެކަލާނގެ އަންނަ އަހަރުގެ މަރުވާ މީހުންނާއި، ދިރުއްވާ މީހުން ހިމަނުއްވައި ރިޒުގުގެ ނިޔާތަކާއި، ހެވާއި، ނުބަޔާއި، ދެންވެސް އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް އެރޭ تفصيل ކުރައްވައި بيان ކުރައްވައެވެ. އެރެއަކީ رمضان މަހުގެ ރެއެއް ކަމަށް قرآن ގެ نصّ ން ސާބިތުވެއެވެ. شعبان މަހުގެ 15 ވިލޭރޭ ކަމަށް ބުނާ ރިވާޔަތެއްވެސް ވެއެވެ. އެހެން ނަމަވެސް އެއީ ضعيف ރިވާޔަތެކެވެ. = تفسير ابن كثير =. 5. (5) އެކަމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ أمر އެކެވެ. އެބަހީ قرآن ބާވައިލެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ވާ ކަމެކެވެ. އަދި އެރޭ، ކަންތައްތައް بيان ކުރައްވައި، تفصيل ކުރެއްވުމަކީ ތިމަން ރަސްކަލާނގެ حضرة ން ހިންގަވާ ކަމެކެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވަމެވެ. 6. (6) އޭ رسول الله އެވެ. އެކަމަކީ ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ربّ ގެ رحمة އެކެވެ. (އެބަހީ: ءادم ގެ ދަރީންގެ ގާތަށް رسول ބޭކަލުންނާއި، نبي ބޭކަލުން ފޮނުއްވައި، އަދި ފޮތްތައް ބާވައިލައްވަނީ އެއީ ތިމަން ރަސްކަލާނގެ رحمة އެވެ.) ހަމަކަށަވަރުން އެކަލާނގެއީ އަޅުތަކުންގެ އެންމެހައި އަޑުތަކެއް އައްސަވާވޮޑިގެން، އަދި ދެނެވޮޑިގެންވާ ކަލާނގެއެވެ. 7. (7) އެކަލާނގެއީ އުޑުތަކާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެތީގެ ވެރި ކަލާނގެއެވެ. ربّ އެވެ. އެކަން ތިޔަބައިމީހުން يقين ކުރާނަމަ، ތިޔަބައިމީހުންނަށް ރަނގަޅަށް އެނގޭނެއެވެ. އެހެންވެ އެކަލާނގެއަށް އަޅުކަން ކުރާށެވެ. 8. (8) އެކަލާނގެ ފިޔަވައި އަޅުކަންވެވުން حقّ އެއްވެސް إله އެއް ނުވެއެވެ. އެކަލާނގެއީ ތަކެތި ދިރުއްވާ، މަރުއްވާ ކަލާނގެއެވެ. އެކަލާނގެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ربّ އެވެ. 9. (9) އަދި ކިޔެއްހެއްޔެވެ؟ އެމީހުން އެވަނި ޝައްކެއްގައެވެ. (ﷲ ގެ އެއްކައުވަންތަ ކަމާއި، محشر އަށް ފޮނުއްވުމާއި، މިފަދަ ކަންކަމާމެދު އެމީހުން އެވަނީ شكّ އެއްގައެވެ. يقين އެއް ނުވެއެވެ.) އެމީހުން ކުޅެނީއެވެ. އެބަހީ ﷲ އީ އެމީހުން ހެއްދެވި ކަލާނގެ ކަމުގައިވެސް އެމީހުން إقرار ވެއެވެ. އުޑުތަކާއި، ބިން ހެއްދެވީ ކާކުތޯ އަހައިފިއްޔާވެސް އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. މިފަދަ إقرار ތަކުގައި އެމީހުން يقين އެއް ނޫނެވެ. يقين ނަމަ އެކަލާނގެއަށް އަޅުކަން ކުރުމަކަށް އިންކާރު ނުކުރީހެވެ. އެމީހުން ހަމަ ކުޅެނީއެވެ. 10. (10) އޭ رسول الله އެވެ. އުޑު ދުންގަނޑެއްގެ ސިފައިގައި ފެންނަ ދުވަހަށް ކަލޭގެފާނު إنتظار ކުރައްވާށެވެ. 11. (11) އެދުވަހުން އޭގައި މީސްތަކުން ނިވައިވެގެން ވެއެވެ. އަދި މީސްތަކުން ބުނާނެއެވެ. ނުވަތަ ﷲ އަންގަވާނެއެވެ. މިއީ ވޭންދެނިވި عذاب އެކެވެ. • ދަންނައެވެ. މި އާޔަތްތަކުގައި މި بيان ވެގެންވާ ދުމާ ދޭތެރޭ ދަންނަ ބޭކަލުންގެ مشهور ދެބަހެއް ވެއެވެ. ފުރަތަމަ ބަހަކީ އެ ދުމަކީ އެއީ قيامة ވުމުގެ ތަންކޮޅެއް ކުރީން ދުނިޔެއަށް ފެތުރޭ ދުމެކެވެ. قيامة ގެ علامة އެކެވެ. ސާޅީސް ދުވަސް ވާނދެން އެ ދުންގަނޑު ބިންމަތީގައި ފެތުރިފައި ވާނޭކަމަށް ވެއެވެ. ދެވަނަ ބަހަކީ މި އާޔަތުގައި މި بيان ކުރައްވާ ދުން مكّة ގެ قريش ންނަށް ދިމާވި ކަމަށެވެ. އެޒަމާނުގައި އެބަހީ رسول الله ﷺ دين އަށް ގޮވައިލައްވައި، އެމީހުން إيمان ނުވުމުން އެކަލޭގެފާނު އެމީހުންގެ މައްޗަށް ބަދު دعاء އެއް ކުރެއްވިއެވެ. އޭގެ ފަހުން އެމީހުންނަށް ތަދުމަޑުކަމެއް ދިމާވީއެވެ. ބަނޑުހައިވެގެންގޮސް ޖަނަވާރުގެ ކަށިވެސް ކާ ހިސާބަށް ދިޔައެވެ. އަދި ބައެއް مفسّر ން ލިޔުއްވާފައި ވަނީ ބައެއް މީހުން ކެހެރި ނުވަތަ ކަފަ ކައި، ލެއިބޮއި ހެދި ކަމުގައެވެ. އުޑާދިމާ މައްޗަށް ބަލައިލީމާ ފެންނަނީ ދުންގަނޑެއް ހެންނެވެ. އެއީ ބަނޑުހައިވެގެން ގޮސް ވާނުވާގޮތް ނޭނގިގެންނެވެ. ދެން އަލުންވެސް އެމީހުން رسول الله ﷺ އަރިހަށް ގޮސް އެމީހުން إيمان ވުމުގެ شرط ގެ މައްޗަށް އެކަން ލުއިކޮށްދެއްވައި، كشف ކޮށްދެއްވުން އެދުނެވެ. އެވާހަކަ ބާރަވަނަ އާޔަތާއި، ތޭރަވަނަ އާޔަތާއި، އޭގެ ފަހުގެ ދެ އާޔަތުގައި އެވަނީއެވެ. = أيسر التّفاسير - زبدة التّفسير = 12. (12) (އެމީހުން رسول الله ﷺ މެދުވެރިކޮށް، ދެންނެވި ކަމުގައި ވެއެވެ.) އޭ އަޅަމެންގެ ربّ އެވެ. އަޅަމެންގެ ކިބައިން މި عذاب ނަންގަވައި، كشف ކުރައްވާނދޭވެ. ހަމަކަށަވަރުން مؤمن ން ކަމުގައި އަޅަ މެން ވާހުށީމެވެ. (މީގެ جواب ގައި ﷲ وحي ކުރެއްވިއެވެ.) 13. (13) އެމީހުން وعظ އާއި، نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެމީހުން ގާތަށް حقّ އާއި، باطل އޮޅުންފިލުވައިދޭނޭ، އަދި بيان ކޮށްދެއްވާ رسول ބޭކަލަކު ވަޑައިގެން އެ ހުންނެވީއެވެ. (އެއީ حقّ ތެދު رسول ބޭކަލަކުކަން އެމީހުން ރަނގަޅަށް ދަނެއެވެ.) 14. (14) ދެން އެއަށްފަހު އެމީހުން އެ ރަސޫލާއާއި، އެ رسول އާ ގެންނެވި ތަކެއްޗަށް ފުރަގަސްދިނީއެވެ. އަދި އެމީހުން ބުނީ އެކަލޭގެފާނަކީ އެހެން ءادم ގެ ދަރިޔަކު އެކަލޭގެފާނަށް އުނގަންނައިދީފައިވާ މީހަކު ކަމަށެވެ. އަދި އެއީ މޮޔައެއް ކަމަށެވެ. 15. (15) ދެން ތިމަން ރަސްކަލާނގެ އެމީހުންގެ ކިބައިން އެ عذاب، يعني އެ ތަދުމަޑުކަން ދުވަސްކޮޅަކަށް ނެންގެވީމެވެ. (އެއީ އެމީހުން إيمان ވޭތޯ ބެއްލެވުމަށެވެ.) އެމީހުން އަލުންވެސް އެމީހުން ކުރީން ތިބި ނުކިޔަމަންތެރިކަމަށް رجوع ވީއެވެ. شرك ކުރަން ފެށީއެވެ. 16. (16) ގަދަވެގެންވާ ހިއްޕެވުމަކުން ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވާ ދުވަސް (ހަނދުމަފުޅު ކުރައްވާށެވެ.) ހަމަކަށަވަރުން އެމީހުންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ. • ދަންނައެވެ. މިއާޔަތުގައި މި ނަންގަނެވޭ ދުވަހަކާމެދު ބަސް ތަފާތެވެ. ބައެއް ބޭކަލުން ވިދާޅުވަނީ އެއީ ބަދުރު ހަނގުރާމައިގެ ދުވަސް ކަމަށެވެ. ފަހެ مكّة ގެ قريش ންނަށް ދިމާވެފައި އޮތް ބަނޑުހައިހޫނުކަން ﷲ ލުއިކުރެއްވުމުންވެސް އެމީހުން އީމާން ނުވިއެވެ. ދެން ބަދުރު ހަނގުރާމައިގައި އެމީހުންގެ ތެރެއިން ނަގާކިޔަން އުޅުނު ބޮޑެތި ކާފަރުން ﷲ ހިއްޕަވައި، ދުނިޔޭގައިވެސް ދެރަކަން ދެއްކެވީއެވެ. އަދި آخرة ދުވަހުން ހުރީވެސް އަބަދީ عذاب އެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މިއާޔަތުގައި މި ذكر ކުރެވޭ ދުވަހަކީ قيامة ދުވަސް ކަމަށެވެ. އެދުވަހުން އެމީހުންނަށް ގަދަވެގެންވާ عذاب ﷲ ދެއްވާ ހުއްޓެވެ. والله أعلم بالصّواب.

- Abu Bakr Ibrahim Ali (Bakurube)

笔记与反思

你对这节经文没有任何笔记或感想。

Notes placeholders

与《古兰经》保持联系❤️

简短而有意义的提醒,帮助你重新调整、反思并与《古兰经》保持联系。

阅读、聆听、探索并思考《古兰经》

Quran.com 是一个值得信赖的平台,全球数百万人使用它来阅读、搜索、聆听和思考多种语言的《古兰经》。它提供翻译、注释、诵读、逐字翻译以及深入研究的工具,让每个人都能接触到《古兰经》。

作为一家名为“施舍之家”(Sadaqah Jariyah)的机构,Quran.com 致力于帮助人们与《古兰经》建立更深层次的联系。在 501(c)(3) 非营利组织 Quran.Foundation 的支持下,Quran.com 不断发展壮大,成为所有人的免费宝贵资源。Alhamdulillah(真主安拉)

导航
首页
在线听古兰经
朗诵者
关于我们
开发者
产品更新
反馈问题
帮助
捐
我们的项目
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Quran.Foundation 拥有、管理或赞助的非营利项目
热门链接
古兰经中的祈祷词
每日古兰经经文
Ayatul Kursi
Surah Yaseen
Surah Al Mulk
Surah Ar-Rahman
Surah Al Waqi'ah
Surah Al Kahf
Surah Al Muzzammil
网站地图隐私条款和条件
© 2026年 Quran.com. 版权所有
贡献