Iniciar sesión
Iniciar sesión
Iniciar sesión
Seleccionar idioma
044

Ad-Duján 44:31 من فرعون انه كان عاليا من المسرفين ٣١

44:31
مِن
فِرۡعَوۡنَۚ
إِنَّهُۥ
كَانَ
عَالِيٗا
مِّنَ
ٱلۡمُسۡرِفِينَ
٣١
(31) އެއީ فرعون ގެ ކިބައިންނެވެ. (فرعون ގެ ނުބައި އަނިޔާއިންނެވެ.) ހަމަކަށަވަރުން އެ فرعون އަކީ ކާފަރުކަމާއި، އުރެދުމުގައި މަތީ ވަނައެއްގައި ވާ މީހަކު ކަމުގައި ވިއެވެ.
Continuar leyendo

Lee Tafsir

Ibn Kathir (Abridged)

The Story of Musa and Fir`awn, and how the Children of Israel were saved

Allah tells us, `before these idolators, We tested the people of Fir`awn, the copts of Egypt.'

وَجَآءَهُمْ رَسُولٌ كَرِيمٌ

(when there came to them a noble Messenger) means, Musa, peace be upon him, the one to whom Allah spoke.

…

The Story of Musa and Fir`awn, and how the Children of Israel were saved

Allah tells us, `before these idolators, We tested the people of Fir`awn, the

…
Más Tafsires

Leer en contexto

Capítulo 44, Página 497, Juz 25

30. (30) އަދި ހަމަކަށަވަރުން އިހާނާތްތެރި ވެގެންވާ عذاب ން (ނުބައި އުނދަގުލުން) ތިމަން ރަސްކަލާނގެ بني إسرائيل ގެ މީހުން ސަލާމަތްކުރެއްވީމެވެ. 31. (31) އެއީ فرعون ގެ ކިބައިންނެވެ. (فرعون ގެ ނުބައި އަނިޔާއިންނެވެ.) ހަމަކަށަވަރުން އެ فرعون އަކީ ކާފަރުކަމާއި، އުރެދުމުގައި މަތީ ވަނައެއްގައި ވާ މީހަކު ކަމުގައި ވިއެވެ. 32. (32) އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެމީހުން، يعني ބަނީ އިސްރާއީލުންގެ މީހުން އޭރު ދުނިޔޭގައި ތިބި އެންމެހައި މީސްތަކުންގެ މައްޗަށް خاصّ ކުރައްވައި، إختيار ކުރެއްވީމެވެ. އެއީ ތިމަން ރަސްކަލާނގެ ފުރިހަމަ ދެނެވޮޑިގަތުމުގެ މަތީންނެވެ. (އެމީހުން إختيار ކުރެއްވީ އެމީހުންގެ ތެރެއިން ގިނަ ރަސޫލު ބޭކަލުން ވަޑައިގަތުމުގެ ސަބަބުންނާއި، އަދި موسى عَليه السلام ގެ އަރިހުގައި އެމީހުން އުފުލި ބުރަތަކާއި، ކެތްތެރިކަމުގެ ސަބަބުންނާވެސް އެކުގައެވެ.) 33. (33) އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ބޮޑެތިވެގެންވާ معجزات ތައް އެމީހުންނަށް ދެއްވީމެވެ. އެ ކަންކަމުގައި بيان ވެގެންވާ إمتحان އާއި، ގޮތް ބެއްލެވުންތައް އެކުލެވިގެން ވެއެވެ. (އެމީހުންނަށް ﷲ ދެއްކެވި معجزات ތަކުގެ ތެރޭގައި فرعون ގެ އަތްދަށުން އެމީހުން ސަލާމަތް ކުރެއްވުމާއި، އެމީހުންނަށް ޓަކައި ކަނޑު ފެޅުއްވުމާއި ވިލާގަނޑު ހިޔާއެޅުމާއި، منّ އާއި سلوى ބާވައިލެއްވުމާއި، އަދި މިނޫންވެސް ކަންކަން ވެއެވެ.) 34. (34) ހަމަކަށަވަރުން މިމީހުން يعني مكّة ގެ مشرك ން އެ ބުނަނީއެވެ. 35. (35) އަހުރެމެން މި ދުނިޔޭގައި މަރުވާ މަރުވުން ނިމުނީމާ ދެން ނިމުނީއެވެ. އޭގެފަހުން ދެން އިތުރު حياة އެއް ނޯންނާނެއެވެ. އަހުރެމެންނަކީ އެއްގޮތަކަށްވެސް ދިރިގެން، ދެވަނަ ފަހަރަށް ފޮނުވޭނޭ ބަޔަކު ކަމުގައި ނުވެއެވެ. 36. (36) (އޭ محمّد ގެފާނެވެ.) ތިޔަ ވިދާޅުވަނީ ތެދެއް ކަމުގައި ވަންޏާ، އަހުރެމެންގެ އިސްވެދިޔަ ކާބަފައިން ނިކަން ދިރުވައިގެން ގެނަސްދީބަލާށެވެ. (އެމީހުންގެ މި ބަހަކީ ވަރަށް ދަށުދަރަޖައިގެ ބަހެކެވެ. ދުނިޔޭގައި ދިރުވައިގެން ގެންނާނޭ ވާހަކައެއް އެއްވެސް ބޭކަލަކު ވިދާޅެއް ނުވެއެވެ. ކޮންމެ ބޭކަލަކުވެސް ވިދާޅުވަނީ قيامة ދުވަހުން މީސްތަކުން ދިރުއްވައި، حساب ބައްލަވާނޭ ވާހަކައެވެ. އެހެންވީއިރު، އެމީހުންގެ އެ ދަލީލަކީ، އެ ވާހަކައަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ.) 37. (37) يمن ކަރައިގެ حمير ވަންހައިގެ تُبَّع ވަންހައިގެ މީހުންނާއި، ދެންވެސް އޭގެ ކުރީން އިސްވެދިޔަ (نوح قوم، عاد، އަދި ثمود ފަދަ) قوم ތަކަށްވުރެ މިމީހުން (يعني: މި قريش ންގެ މީހުން) ވަކި ހެވީ ހެއްޔެވެ؟ ބާރު ގަދަވެފައި، މުދާ ގިނައީ ހެއްޔެވެ؟ (އެހެން ނޫނެވެ. އެމީހުން، މުދާ މާ ގިނަވެފައި وصيلة ތައް ގިނައެވެ. މާ ގަދަފަދައެވެ.) ނަމަވެސް އެމީހުންވެސް (ނުކިޔަމަންތެރި ވީހިނދުން) ތިމަން ރަސްކަލާނގެ އެމީހުން ހަލާކު ކުރެއްވީމެވެ. އެމީހުން ވީ ކަނޑައެޅިގެން ނުބައި، ނުލަފާ مجرم ން ކަމުގައެވެ. (مشرك ން ކަމުގައެވެ. قريش ންނަށްވެސް ވާނީ ހަމަ އެގޮތެވެ. ނުކިޔަމަންތެރި ވެއްޖެއްޔާ ހަމަ ހަލާކު ކުރައްވާ ހުށީމެވެ.) 38. (38) އުޑާއި، ބިމާއި، އަދި އެ ދެމެދުގައި ވާހައި ތަކެއްޗާއި، މިތަކެތި ކުޅިވަރު ގޮތެއްގައި ތިމަން ރަސްކަލާނގެ ނުހައްދަވަމެވެ. 39. (39) ހަމަ حقّ ގޮތުގައި މެނުވީ ތިމަން ރަސްކަލާނގެ އެ ތަންތަން، يعني އުޑާއި، ބިން ނުހައްދަވަމެވެ. (އެބަހީ އެ ތަންތަން ހެއްދެވީ ހަމަ حقّ ގޮތުގައެވެ. ބޮޑުވެގެންވާ حكمة އަކަށް ޓަކައެވެ.) 40. (40) ހަމަކަށަވަރުން ހުރިހާ ތަކެތި ވަކިކުރައްވާ، قيامة ދުވަސް އެއީ އެ ހުރިހާ މީހުން جمع ކުރައްވާ ދުވަހެވެ. (ހެޔޮ މީހުންނާއި، ނުބައި މީހުން، ރަނގަޅާއި، ނުބައި، حقّ އާއި، باطل... މި ހުރިހައި ތަކެތި ވަކިކުރައްވައި ފުރިހަމަ ޖަޒާ ދެއްވާނެއެވެ.) 41. (41) އެދުވަހުން އެއްވެސް ގާތްމީހަކަށްވެސް، ގާތް އަނެއް މީހަކަށް އެއްވެސް ކަމެއް (ﷲ ގެ إذن ޔާ ނުލައި) ފުއްދައި ނުދެވޭނެއެވެ. އެކަކުގެ ފާފަ އަނެކަކު ނުއުފުލާނެއެވެ. އަދި އެއްވެސް نصر އެއް ލިބޭނޭ ބަޔަކު ކަމުގައި އެމީހުން ނުވެއެވެ. (އެބަހީ ﷲ ގެ عذاب ކަނޑައެޅިފައި އޮތް މީހަކަށް އެ عذاب ދުރުކޮށްދެނޭ ހަމަ އެކަކުވެސް ﷲ މެނުވީ ނުވެއެވެ.) 42. (42) ހަމައެކަނި ﷲ އެމީހަކަށް رحمة ލެއްވި މީހަކު މެނުވީއެވެ. ހަމަކަށަވަރުން އެކަލާނގެއީ عزّة ވަންތަ، އަދި رحمة ލެއްވުން ބޮޑުވެގެންވާ ކަލާނގެއެވެ.

- Abu Bakr Ibrahim Ali (Bakurube)

Notas y reflexiones

No tienes ninguna nota ni reflexión sobre este versículo.

Notes placeholders

Mantente conectado al Corán ❤️

Breves recordatorios significativos para reconectar, reflexionar y mantenerse conectado con el Corán.

Lea, escuche, busque y reflexione sobre el Corán

Quran.com es una plataforma confiable utilizada por millones de personas en todo el mundo para leer, buscar, escuchar y reflexionar sobre el Corán en varios idiomas. Ofrece traducciones, tafsir, recitaciones, traducción palabra por palabra y herramientas para un estudio más profundo, haciendo que el Corán sea accesible para todos.

Como Sadaqah Jariyah, Quran.com se dedica a ayudar a las personas a conectar profundamente con el Corán. Con el apoyo de Quran.Foundation , una organización sin fines de lucro 501(c)(3), Quran.com continúa creciendo como un recurso gratuito y valioso para todos, Alhamdulillah.

Navegar
Inicio
Radio Coránica
Recitadores
Sobre nosotros
Desarrolladores
Actualizaciones de productos
Retroalimentación
Ayuda
Donar
Nuestros Proyectos
Quran.com
Quran For Android
Quran iOS
QuranReflect.com
Quran.AI
Sunnah.com
Nuqayah.com
Legacy.Quran.com
Corpus.Quran.com
Proyectos sin fines de lucro adquiridos, administrados o patrocinados por Quran.Foundation
Enlaces populares
Súplicas del Corán
Versículo del Corán del día
Ayatul Kursi
Yasin
Al Mulk
Ar-Rahman
Al Waqiah
Al-Kahf
Al Muzzammil
Mapa del sitio webPrivacidadTérminos y condiciones
© 2026 Quran.com. Reservados todos los derechos
Contribuir