(11) އަދި ކަލޭގެފާނުންގެ رب ކަލޭގެފާނަށް ދެއްވި نِعْمَة ތަކުގެ ވާހަކަފުޅު ދައްކަވައި އެކަން މީސްތަކުންނަށް ފާޅުކުރައްވާށެވެ!
• ދަންނައެވެ. نِعْمَة އަކީ ހުރިހާ نِعْمَة އެކެވެ. ނަމަވެސް އޭގެތެރެއިން އެންމެ مُقَدَّ سُ نِعْمَة އަކީ قُرْآن އެވެ. قُرْآن ކިޔަވާ ވިދާޅުވާށެވެ. ނުވަތައެ نِعْمَة އަކީ ނަބީކަމެވެ. والله أعلم.